ދިވެހިރާއްޖެ
މިކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން މިރަށުގައި އަޅަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ސާދާ ރީތި ދިވެހިނަމެއް ހުށައެޅުމަށް އާއްމުންގެ ހިޔާލަށް ހުޅުވާލަމެވެ. ހުށައެޅޭ ނަންތަކުގެ ތެރެއިން ހޮވޭ އެންމެ ރީތިނަމަކަށް ކައުންސިލްގެ ފަރާތުން -/2000 (ދެހާސް ރުފިޔާގެ) ފައިސާގެ އިނާމެއްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއިއުލާނާއި ގުޅިގެން ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ނަމެއްކަމުގައި ދަންނަވަމެވެ. އެންމެ ރީތި ނަމެއް ހޮވުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ފަރާތުން މިކަމަށް އެކުލަވާލާ ޙާއްސަ ކޮމެޓީއަކުން ނަންތައް މިންކުރުމަށްފަހުގައެވެ. ނަން ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން 06 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން [ ކުޑަކުދިންގެ ޕާކަށް ނަން ހުށަހަޅާ ފޯމު ] އިން ކައުންސިލްގެ އިދާރާއަށް ނުވަތަ [email protected] އަށް އީމެއިލްއަށް ހުށައެޅުން އެދެމެވެ. ނަން ހުށައަޅާ ފޯމު މިއިދާރާއިންނާއި މިކައުންސިލްގެ ވައިބަރ ކޮމިއުނިޓީއިން ލިބެންހުނާނޭކަމުގައި ދެންނެވީމެވެ.
- އެންމެ ރަނގަޅު ނަމެއް ހޮވުމުގައި ބަލާނޭ ކަންކަން ތިރީގައި އެވަނީއެވެ.
# |
ބަލާނޭ ކަންކަން |
މާރކްސް |
1. |
ދިވެހިނަމަކަށްވުން |
50 |
2. |
ނަމުގެ މާނަ (ރަނގަޅު މާނައެއް ދޭހަވުން) |
10 |
3. |
ސާދާ ރީތި ނަމަކަށްވުން |
10 |
4. |
ރަށާއިގުޅޭ ނަމަކަށްވުން |
20 |
5. |
އަމިއްލަވަންތަ ނަމަކަށްވުން |
10 |
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.