ދިވެހިރާއްޖެ
އިޢުލާން 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ 1444 ވަނަ އަަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1444 (26 މާރިޗް 2023) އިން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުންނެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާ އިންނެވެ. ފިޠުރު ޒަކާތް ނަގުދު ފައިސާ އިން އަދި އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް މިކައުންސިލަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ތިރީގައި ދެންނެވިފައިވާ ވައިބަރ ނަންބަރަށް ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުއްވާއިރު (ޒަކާތް ދެއްކި ގޭގެ ނަން، މީހުންގެ އަދަދު، ދެއްކި ބާވަތް) އެނގޭނެ ގޮތަށް ތަފްސީލް ލިޔުންވަން ވާނެއެވެ. އެކައުންޓް ނަން: KHARADHU 2 އެކައުންޓް ނަންބަރު : 004 700445 7720 ވައިބަރ ނަންބަރ: 9741740 / 9564400 ފިޠުރު ޒަކާތް ދައްކަންޖެހޭ ފައިސާގެ އަދަދު ހިމެނިފައިވާ ލިސްޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. 1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު # ބާވަތް ފައިސާގެ ޢަދަދު 1 އާދައިގެ ހަނޑޫ 12 ރުފިޔާ 2 ތައިލެންޑް ހުދު ހަނޑޫ 84 ރުފިޔާ 3 ރަތް ހަނޑޫ 99 ރުފިޔާ 4 ބާސްމަތީ ހަނޑޫ (އާދައިގެ) 84 ރުފިޔާ 5 ބާސްމަތީ ހަނޑޫ ( މޮޅު) 100 ރުފިޔާ 6 ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 125 ރުފިޔާ 7 އާދައިގެ ފުށް 12 ރުފިޔާ 8 އާޓާ ފުށް 75 ރުފިޔާ
ވީމާ، މިކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާން ކުރެވުނު ވާހަކަ ދަންނަވަމެވެ.
04 ރަމަޟާން 1444 26 މާރިޗް 2023 |