ދިވެހިރާއްޖެ
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން(ވެލިޔު އެޑެޑް) ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން
އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކޯޕަރޭޓިވްސް / ކުންފުނިތަކުގެ އުފެއްދުންތައް އިތުރުކޮށް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި (ވެލިއު އެޑެޑް ބާވަތްތައް) އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި ލޯނަށް އެދުމުގެ ފުރުޞަތު 05 ޖަނަވަރީ 2015 އިން ފެށިގެން 31 ޖަނަވަރީ 2015ގެ ނިޔަލަށް ޢާންމުކޮށް ހުޅުވާލަމެވެ.
މިފިޔަވަހީގެ ދަށުން ލޯން ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް (www.fishagri.gov.mv) އަދި ރަސްމީގަޑިތަކުގައި މެރިން ރިސަރޗް ސެންޓަރުގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުންނާއި ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި އެހެން ބްރާންޗްތަކުން ލިބެން ހުންނާނެއެވެ.
ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ބްރާންޗްތަކުން (ބާޒާރު ބުރާންޗް އަދި ލައިޓް ފިޔަވައި) އަދި އެ ބޭންކުގެ އަތޮޅުތެރޭގެ ބްރާންޗްތަކުންނެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމަށްފަހު ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.
މި ލޯނާބެހޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިންނާއި 3341836 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 ރަބީޢުލްއަޢްވަލް 1436