ބީލަން
ނަންބަރު: (IUL)401-E/401/2023/18
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 02 އޭޕްރިލް 2023 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދަށް އެރޭ ސަރަހައްދު (ސްވިމިންގ ބީޗް އޭރިޔާ) ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

މޫދަށް އެރޭ ސަރަހައްދު (ސްވިމިންގ ބީޗް އޭރިޔާ) ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ލ. ފޮނަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)401-E/401/2023/15 (09 މާރޗް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ. ވީމާ، މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ޑިޒައިން އަދި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ  -/150ރ އެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 02 އޭޕްރީލް 2023 (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://rb.gy/crfmdh

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 09 އޭޕްރިލް 2023 (އާދީއްތަ) ދުވަހުގެ 10:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 09 އޭޕްރިލް 2023 (އާދީއްތަ) ދުވަހުގެ 10:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
26 މާރިޗު 2023