މުބާރާތް
ނަންބަރު: (IUL)308/2023/15
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 12 އޭޕްރިލް 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ފުޓްސަލް ޗެލެންޖް 2023 ގައި ބައިވެރިވުމުގެ ފުރުޞަތު

ކައުންސިލް ފުޓްސަލް ޗެލެންޖް 2023 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިފަހަރުގެ މުބާރާތް ދެ ޑިވިޝަނަށް ހުޅުވާލައިގެން ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން މިމުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުޅެވޭނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ ފިތުރު ޢީދު ދުވަހެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، 2023 އޭޕްރިލް 10 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 1000.00 (އެއްހާސް) ރުފިޔާއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު އެއްފަތްކޮށްފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

26 މާރިޗު 2023