ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-CAA/253/2023/29
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 28 މާރިޗު 2023 14:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރަންދޫ ކައުންސިލް އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރގެ A2 ފޯމް އިއުލާން ކުރުން

މިއިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 21 ފެބްރުވަރީ 2023 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2023/16 ގެ އިޢުލާނުގައިވާ އެސޯސިއޭޓް ކައުންސިލް އޮފިސަރ ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 04 ރަމަޟާން 1444

 26 މާރިޗް  2023

26 މާރިޗު 2023