ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)KRH-PLD/2023/39
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި:
04 އޭޕްރިލް 2023 12:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ވޯޓަރ ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ވޯޓަރ ޑިސްޕެންސަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއެކު އެޓޭޗްކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ބޭނުންވާ ވޯޓަރ ޑިސްޕެންސަރ ސްޕެސިފިކޭޝަންގެ ތަފްޞީލެވެ.
ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވައިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދީ އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 26 މާރިޗު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 04 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކޮށް [email protected] މެއިލް އަށް ކޮޕީކުރުމަށް ދަންނަވަމެވެ.
- އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާނު ނަންބަރު ރިފަރެންސް އަކަށް ޖެހުމަށް ވެސް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް އިޢުލާނުގެ އެނެކްސް - 2 ގައި ވާ "ބިޑް ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ނަމަ 26 މާރިޗު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 05 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- މި ބީލަމަށް ރަޖިސްޓަރ ކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 09 އެޕްރީލް 2023 (އާދީއްތަ ދުވަސް)
- ގަޑި: 11:00 ގައި
26 މާރިޗު 2023