ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/33
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:49
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

               1444 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން 04  ރަމަޟާން 1444 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1444 ވަނަ ދުވަހުގެ ނިޔަލަށް މި ކައުންސިލުން ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފިޠުރުޒަކާތު ފައިސާ ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން 11:30 އަށް ނަޤުދު ފައިސާއިންނެވެ. އަދި ފިޠުރު ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު ދައްކަވަން ބޭނުންފުޅުވާ ޢަދަދަށް ފައިސާ ގެންނެވުމަށް ޙާއްސަ ސަމާލުކަމެއްދެއްވުންއެދެމެވެ.  

              ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިލް އެފެއާރޒް އިން ހަމަޖައްސަވާފައިވާ އަގުތައް ތިރީގައި އެވަނީއެވެ.

ބާވަތް

ފައިސާގެ އަދަދު

އާދައިގެ ހަނޑޫ

12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ

84 ރުފިޔާ

ރަތް ހަނޑޫ

99 ރުފިޔާ

ބާސްމަތީ ހަނޑޫ(އާދައިގެ)

84 ރުފިޔާ

ބާސްމަތީ ހަނޑޫ(މޮޅު)

100 ރުފިޔާ

ބާސްމަތީ ހަނޑޫ(އެންމެ މޮޅު)

125 ރުފިޔާ

އާދައިގެ ފުށް

12 ރުފިޔާ

އާޓާފުށް

75 ރުފިޔާ

26 މާރިޗު 2023