މަސައްކަތް
ނަންބަރު: (IUL) 268/2023/16
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 06 އޭޕްރިލް 2023 11:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްއިދާރާއަށް އިތުރުކުރެވޭ ބައިގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނޭކުރެންދޫ ކައުންސިލް އިދާރާގެ ހުޅަނގުކޮޅަށް އިތުރުކުރެވޭ ބައިގެ މަސައްކަތް މި ކައުންސިލުންދޭ މައުލޫމާތާއި  އެއްގޮތަށް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 06 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

26 މާރިޗު 2023