ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2023/4
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި:
01 އޭޕްރިލް 2023 00:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ "ވާރޭވިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 41 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމާ ގުޅޭ
އިޢުލާން
ތިރީގައި މިދަންނަވާ ގޯއްޗަށް ހަދައިދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން އެގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުމަށް އެދި އެ ގޯތީގެ ވެރިފަރާތުން ވަނީ މިއިދާރާއަށް ހުށަހަޅުއްވާފައެވެ.
- ހއ. ހޯރަފުށީ "ވާރޭވިލާ" ކިޔާ ގެއަށް ހަދައިދީފައިވާ ނަންބަރު 41 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
ވީމާ، މި ރަޖިސްޓަރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް އެކަން އެންގެވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ރަމަޟާން 1444
26 މާރިޗް 2023
26 މާރިޗު 2023