ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: (IUL)10-M/10/2023/46
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން
ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ތިން މެންބަރުން ހޮވުމަށް ބޭނުންވެއެވެ. އެއީ މީޑިއާ ތަމްސީލުކުރާ 1 (އެކެއް) މެންބަރަކާއި އާންމު 2 (ދޭއް) މެންބަރުންނެވެ. މިތިންމެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/MoHA އިން ޑައުންލޯޑް ކުރެވޭނެއެވެ.
ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2023 މާރިޗް 27، 30،29،28، އަދި އޭޕްރީލް 2 މިދުވަސްތަކުގެ ހެނުދުނު 9:30 ން ފެށިގެން މެންދުރު 12:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނުންނެެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.