ދިވެހިރާއްޖެ
ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް 05 ޖަނަވަރީ 2023 ގައި ކުރެވުނު މި އިދާރާގެ (IUL)290-ADMIN/290/2023/1 އިޢުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން ފޯމާއެކު ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ހަމަނުވާ ފޯމްތަކަށް ޑޮކިއުމެންޓް ހަމަކުރުމަށް މުއްދަތު އިތުރުކުރުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 68ވަނަ އާންމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
ވީމާ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ހަމަނުވާ ފޯމްތަކަށް ޑޮކިއުމެންޓް ހަމަކުރުމުގެ ފުރުޞަތު 30 މާރިޗު 2023 ގެ ނިޔަލަށް އިތުރުކޮށްފައިވާތީ، މިހާރު ފޯމް ހުށައަޅާފައިވާ ފަރާތްތަކުން މި މުއްދަތުގެ ކުރިން ހަމަނުވާ ޑޮކިއުމަންޓުތަށް މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6560005 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.