ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، މާލޭ ކޮމާޝަލް ހާބަރުގައި މަޖޫރީޕާކްއެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެކުރެވުނު ނަމްބަރު (IUL)113-PD/1/2023/37 އިއުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުވުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން
|
ޕްރީބިޑް މީޓިންގ 29 މާރިޗް 2023 ވާ ބުދަ ދުވަހުގެ 13:30 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދާނެ ވަގުތެއް ޕްރީބިޑް މީޓިންގ ގައި ކަނޑައެޅޭނެއެވެ. ޕްރީބިޑް އަދި ސައިޓްއިންސްޕެކްޝަން އަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
04 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:30 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.