ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/171
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 20:42
ސުންގަޑި: 29 މާރިޗު 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓަންޓް

ސެކިއުރިޓީ އެސިސްޓަންޓް
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން:
ތިލަފުށި

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު.

މަޤާމުގެ މަސްއޫލިއްޔަތު:
ތިލަފުށީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކޮށް، މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން.
- ހަމަޖެހިފައިވާ ޢުސޫލަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެވާ މީހުން ދެނެގަނެ، އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައި ނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
- ހަވާލުކުރެވޭ މަސައްކަތްތައް އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މުސާރަ: 10،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

22 މާރިޗު 2023