ދިވެހިރާއްޖެ
ނަންބަރު: B9C-A/2023/4
އިޢުލާން
މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ފާޚާނާ މާރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރިޗު 26 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މިކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.
ކޯޓޭޝަނާއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި، އެސް.އެމް.އީ ރެޖިސްޓްރީ ކޮޕީއާއި، ޖީއެސްޓީ ރަޖިސްޓްރީކޮށްފައިވާނަމަ ، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިމަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާ ފަރާތްތަކުން މިކޯޓުގެ ނަންބަރު:6521679 ނުވަތަ 7648789 ފޯނަށް ގުޅުއްވުން އެދެމެވެ.
30 ޝައުބާން 1444
22 މާރިޗު 2023