ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2023/37
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 18 އޭޕްރިލް 2023 12:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި ބެހޭ

މިއަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 04 (26 މާރިޗު 2023) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އެޕްރީލް 2023) ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:00 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއަށް ޖެހޭ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. އަދި 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް މިއިޢުލާނާއެކު އެވަނީއެވެ. މި އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ސަރކިއުލަރ ގައިވާ ގޮތަށް ނަޤުދު ފައިސާއިންނެވެ. އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާނެ ވާހަކަވެސް ދަންނަވަމެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް އެފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މާރިޗު 2023