ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-5/1/2023/15
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 28 މާރިޗު 2023 22:50
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮސްޕެކްޓަސްގެ ސަބްސްކްރިޕްޝަންގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ޢަމަލުކުރާނެ ގޮތުގެ އުސޫލު އަދި ޝެލްފް ޕްރޮސްޕެކްޓަސް ރަޖިސްޓްރީ ކުރުމުގެ އުސޫލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން

މި އޮތޯރިޓީގެ ގަވާއިދު ނަންބަރު:(ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ޕްރޮސްޕެކްޓަސް ސަބްސްކްރިޕްޝަންގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ޢަމަލުކުރާނެ ގޮތުގެ އުސޫލު އަދި ޝެލްފް ޕްރޮސްޕެކްޓަސް ރަޖިސްޓްރީ ކުރުމުގެ އުސޫލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް 28 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ ޢިއުލާންކުރަމެވެ.

 

ވީމާ، މި އުސޫލުތަކަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

 

މި އުސޫލުތަކުގެ ޑްރާފްޓް ކޮޕީއެއް މި ޢިއުލާނާއެކު ވަނީ އަފްލޯޑް ކުރެވިފައެވެ.

 

21 މާރިޗު 2023

21 މާރިޗު 2023