ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2023/11
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:25
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ގަވާއިދު) ދަށުން ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ

އިޢުލާން

ގަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ގަވާއިދު) ދަށުން ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ

ގަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްލުމާއިބެހޭ ގަވާއިދު)ގެ 9ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮއްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު ކަނޑައަޅާނީ ރަށެއްގައި ނަމަ، އެރަށެއްގެ ރަށު ކައުންސިލުންނެވެ.

އެހެންކަމުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮއްދީފައިވާ ފަރާތުން ސަރުކާރަށްދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގު އަކަފޫޓަކަށް -/30ރ (ތިރީސް ރުފިޔާ) ކަމުގައި މިކައުންސިލްގެ4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 05 ވަނަ އާންމު ބައްދަލުވުމުން ވަނީ ކަނޑައަޅާ ފާސްކޮށްފައެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

30 ޝަޢުބާން 1444

22 މާރިޗު 2023

22 މާރިޗު 2023