ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ލޯންޗް ޑްރައިވަރ ރޭންކް: އެސް.އެސް 3
|
ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 3
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
|
ބޭނުންވާ އަދަދު: 1
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން
|
މުސާރަ:
|
މަހަކު -/3875 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
އެހެނިހެން އެލަވަންސާ ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް.އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
ކައުންސިލް އިދާރާގެ ލޯންޗް ދުއްވުމާއި، ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ދަތުރުތައް ކުރުމާއި، ލޯންޗާއި އިންޖީނަށް ގެއްލުންވިޔަނުދީ ބެލެހެއްޓުމާއި، ލިބޭ ގެއްލުމާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާއަށް ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
2015 ޖަނަވަރީ 8 ވާ ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.,mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލްސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- އެޕްލައިކުރާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާގައި މަސައްކަތްކުރަމުންގެންދާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި/ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" (ސިވިލް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)
|
ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް:
|
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.
- ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށް ވުން.
|
އިންޓަވިއުކުރާނެ ތާރީޚާއި، ތަން:
|
- އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.
- އިންޓަވިއު އޮންނާނީ، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ.
|
ނޯޓް:
|
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލުކުރެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620331 ނުވަތަ 6620261 ނަންބަރު ފޯނާއެވެ. ފެކްސްކުރާނީ، 6620043 ނަންބަރަށެވެ.
|
8 ރަބީޢުލްއައްވަލް 1436
|