ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2023/31
ޢިއުލާން
އއ. ފެރިދޫ ފުޓްބޯޅަދަނޑު ވަށާ ފާރުރޭނުމާއި، ފެންސް ޖެހުމާއި، ގޯލް ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 މާރޗް 22 ވާ ބުދަ ދުވަހުން ފެށިގެން 2023 އޭޕްރީލް 04 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރުމަށްފަހު، ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ .އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޭޕްރީލް 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2023 އޭޕްރީލް 04 ވާ އަންގާރަ ދުވަހު މެންދުރުފަހު 12:30 ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.