ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2023/34
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 03 އޭޕްރިލް 2023 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ފިޓްނެސް ސެންޓަރ އަށް މުވައްޒަފަކު ނެގުމާއިގުޅޭ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމު:   ޖިމް އޮފިސަރ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 01 (އެކެއް)

ގިންތި: ދާއިމީ

މުސާރަ: -/4465 ރުފިޔާ

ސަޕޯރޓިންގ ކޯއެލަވަންސް: -700 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

މިނިމަމް ވޭޖް: -/2035 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭތަން:   ހުރާ ފިޓްނެސް ސެންޓަރ (ޖިމް) / ކ.ހުރާ

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޖިމް އަށް އަންނަ ފަރާތްތަކަށް ޖިމްގައި ބޭނުންކުރާ އިކުއިޕްމަންޓްތައް ބޭނުންކުރުމަށް ބުނެދިނުމާއި އެހީތެރިވެދިނުން
  2. ޖިމްގައި ގެންގުޅޭ އިކުއިޕްމަންޓަށް ބެލެހެއްޓުމާއި ދިމާވާ ކަންކަން ވެރިންނާއި ޙިއްސާކުރުން
  3. ޖިމްގެ މެމްބަރުން ޤަވާއިދަށް އަހުލުވެރިކުރުން
  4. ޖިމްގެ މެމްބަރުންގެ ހާޟިރީ ބެލެހެއްޓުން

ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،.
  3. ޖިމް އިންސްޓްރަކްޝަންގެ ދާއިރާއާއި ގުޅޭގޮތުން ސަނަދެއް ހާސިލްކޮށްފައިވުން

 

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް އަދި ރަމަޟާން މަހުގެ މުނާސަބަތުގައި ދެވޭ ޢިނާޔަތު ފައިސާ ހަމަޖެހިފައިވާ ޢުސޫލުގެ ދަށުން ލިބިދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު - 30%

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު -  %20    

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް -  %50

 

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:        

   މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އެޕްރީލް  2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި ލިޔުންތައް މިއިދާރާގެ މެއިލް: [email protected] އަށް ފޮނުއްވުމުންވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަވިއު ކުރުން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމުތަކަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނީ 04 އެޕްރީލް 2023 އާއި 06 އެޕްރީލް 2023 އާއި ދެމެދު ތާރީޚެއްގައި މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

      މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރ ފޯނާއެވެ. މެއިލް ކުރައްވާނީ [email protected] މެއިލް އެޑްރެހަށެވެ. ވީމާ  މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                      29 ޝައުބާން 1444

                      21 މާރިޗު 2023

                           

 

 

                                                          

21 މާރިޗު 2023