ދިވެހިރާއްޖެ
މި ސެންޓަރުން މިހާރު ބޭނުންކުރަމުންދާ މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2023 މާރިޗު 29 ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުށަހެޅުން |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް) |
ގަޑި : 2023 އެޕްރީލް 02 ވާ އާދިއްތަ ދުވަހު ހެނދުނު 11:30 އަށް ނޯޓު : ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަހު އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އަދި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިއެވެ.
30 ޝައްވާލް 1444