ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2023/3
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 18 އޭޕްރިލް 2023 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ނެގުމާބެހޭ

މި އަހަރު (1444ހ.) ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 (26 މާރިޗު 2023( ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އެޕްރީލް 2023) ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 ން 11:45 އަށް ކައުންސިލް އިދާރާގައި އޮންނާނެއެވެ. ފިތުރު ޒަކާތަށް ދައްކަވަން ޖެހޭ އަދަދަކީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއެވެ.

1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

 

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

84 ރުފިޔާ

3

ރަތް ހަނޑޫ

99 ރުފިޔާ

4

ބާސްމަތީ ހަނޑޫ ( އާދައިގެ )

84 ރުފިޔާ

5

ބާސްމަތީ ހަނޑޫ ( މޮޅު )

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

125 ރުފިޔާ

7

އާދައިގެ ފުށް

12 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 

މި އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަމްބަރ: 142-C2/CIR/2023/8 ގެ ސަރކިއުލަރ ގައިވާ ގޮތަށް ނަޤުދު ފައިސާއިންނެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މާރިޗު 2023