ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/67
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:59
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
އިޢުލާން
މަގުމައްޗަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަން ޖެހޭ ތަނަކަށް ވީހިނދު، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށް 10 ފޫޓަށްވުރެ ތިރިކޮށް މަގުމައްޗަށް ނުކުމެފައި ހުންނަ ގޮފިތަކާއި ފަންތައް ކޮށައިދެއްވުމަށް ދަންނަވަމެވެ. މިއީ، ފަރުދީ ޖިންމާއެއްގެ ގޮތުގައި ދެކިގެން އަބަދުވެސް މިދެންނެވުނު މިންގަނޑަށް ބެލަހައްޓަވައި ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އިލްތިމާސްއެކެވެ. އަދި މިފަދަ އެންމެހައި ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
21 މާރިޗު 2023