ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 322-M/322/2023/34
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:55
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫކޮށްލާފައިވާ ގޯއްޗަކުން ކާށި ހޮވުމާއި ގުޅޭ:

              މިރަށު ގަބުރުސްތާނުގެ އުތުރުން  ސަތަހަ ގޯއްތީގެ އިރުން  ސީނާ ޢަބްދުލްޙަލީމް ދޫކޮށްލާފައިވާ ގޯތީގައި ހުރި ރުއްތަކުގެ މައްސަލައެއް ގައި ކައުންސިލުން ބަލަންޖެހޭ ބެލުންތަކެއް ބަލަމުންދާތީވެ، މިއިދާރާއިން ވަކިގޮތެއް އަންގަންދެން މިރުއްތަކުން ކާށި ހޮވުމަކީ މަނާކަމެއް ކަމުގައި އަންގަމެވެ.  

               ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

21 މާރިޗު 2023