ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2014/22
ޕަބްލިޝްކުރި ތާރީޚް: 01 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 14 ޖަނަވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ލޭންޑް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ލޭންޑް އޮފިސަރ  

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ އެސް 4 (ޖެނެރަލް ސާރވިސް 4) / އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ލޭންޑް ސެކްޝަން ، ކ. މާލެ

މަޤާމުގެ ނަންބަރު

256979

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5020 ރ

ސަރވިސް އެލަވަންސް: -/1500ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ  މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން، ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކުގެ ރަޖިސްޓަރީ ހެދުމާއި ބެލެހެއްޓުން.

2- ސަރަޙައްދީ ފެންވަރުގެ ރަޖިސްޓްރާސް އިން ހަދައިދޭ ރަޖިސްޓަރީތަކުގެ މަޢުލޫމާތު އެއްކުރުން.

3- ހަދާދެވޭ ރަޖިސްޓަރީތަކުގެ ރެކޯޑު ލޭންޑް އިންފޮމޭޝަން ޔުނިޓަށް ފޯރުކޮށްދިނުން.

4- ޔުނިޓުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމާއި، އެފަދަ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

5- ޔުނިޓުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  2. މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން
  • ސުންގަޑި: 14 ޖަނަވަރީ 2015 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

ޖަނަވަރީމަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައިނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 ރަބީޢުލްއައްވަލް 1436

01 ޖަނަވަރީ 2015