ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-A/322/2023/35
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 18 އޭޕްރިލް 2023 23:59
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރުގެ ފިތުރުޒަކާތް ބަލައިގަތުމާ ގުޅޭ

1444 ވަނައަހަރުގެ ފިތުރުޒަކާތް ބަލައިގަތުން އޮންނާނީ 04 ރަމަޟާން 1444 (26 މާރޗް 2023) ވާ އާދީއްތަ ދުވަހުން ފެށިގެން، 27 ރަމަޟާން 1444 (18 އޭޕްރިލް 2023) ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

  • ފައިސާއިން ބަލައިގަންނާނީ، ހަމަޖެހިފައިވާ މުއްދަތުގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 11:00 ށެވެ.
  • ޓްރާންސްފަރ ކުރައްވާނީ، ހަމަޖެހިފައިވާ މުއްދަތުގައި ތިރީގައިވާ ކައުންސިލްގެ އެކައުންޓަށެވެ. އަދި ޓްރާންސްފަރ ސްލިޕްގައި ޖަމާކުރި ގޮތުގެ ތަފްސީލް (މިސާލަކަށް: އައިމިނަތު ނަޝާޔާ، ރަންރިހިގެ - އާދައިގެ ހަނޑުލުން 2 މީހުން، އާދައިގެ ފުށުން 3 މީހުން، އަދި ރަތް ހަނޑުލުން 1 މީހުން) ލިޔުއްވައި 9748974 މިނަންބަރަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.

އެކައުންޓްގެ ނަންބަރ: 004 700389 7719

އެކައުންޓްގެ ނަން: 1364KHARADHU 2

1444 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑުލުންނަމަ މީހަކަށް

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް

84 ރުފިޔާ

3

ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް

84 ރުފިޔާ

4

ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް

100 ރުފިޔާ

5

ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް

125 ރުފިޔާ

6

ރަތް ހަނޑުލުންނަމަ މީހަކަށް

99 ރުފިޔާ

7

އާދައިގެ ފުށުންނަމަ މީހަކަށް

12 ރުފިޔާ

8

އާޓާ ފުށުންނަމަ މީހަކަށް

75 ރުފިޔާ

 

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 މާރިޗު 2023