ދިވެހިރާއްޖެ
މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 (26 މާރޗް 2023) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023)ވާ އަންގާރަދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:00 ކައުންސިލް އިދާރާގެ ރިސެޕްޝަނުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ. ޒަކާތް ދައްކަން ދުރުވާއިރު ފައިސާ މާރުކޮށްގެން ހަމައަށް ގެނައުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިއަހަރުވެސް ފިޠުރުޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.
1444 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12ރ (ބާރަ ރުފިޔާ) |
2 |
ތައިލެންޑް ހުދު ހަނޑޫ |
84ރ (އަށްޑިހަ ހަތަރު ރުފިޔާ) |
3 |
ރަތް ހަނޑޫ |
99ރ (ނުވަދިހަ ނުވަ ރުފިޔާ) |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
84ރ (އަށްޑިހަ ހަތަރު ރުފިޔާ) |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100ރ (ސަތޭކަ ރުފިޔާ) |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125ރ (ސަތޭކަ ފަންސަވީސް ރުފިޔާ) |
7 |
އާދައިގެ ފުށް |
12ރ (ބާރަ ރުފިޔާ) |
8 |
އާޓާ ފުށް |
75ރ (ހަތްދިހަ ފަސް ރުފިޔާ) |