ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2014/26
ޕަބްލިޝްކުރި ތާރީޚް: 01 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 14 ޖަނަވަރީ 2015 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އޮފީސް އެސިސްޓެންޓް 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް އެސް 2 (ސަޕޯޓް ސާރވިސް 2) / ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / އެޑްމިން، އެޗް އާރ އެންޑް ޕްރޮކިއުމަންޓް ، ކ. މާލެ

މަޤާމުގެ ނަންބަރު

253205

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/3100 ރ

ސަރވިސް އެލަވަންސް: -/1000ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އޮފީހުގެ ފަރާތުން ހަވާލުކުރަންޖެހޭ ޗެކްތައް ހަވާލުކުރުމާއި، ނަގަންޖެހޭ ފައިސާއެއް ނަގަން ދިޔުން

2- ސްޓޮކަށް ބޭނުންވާ ތަކެތި ގެނައުން

3- އޮފީހުން ފޮނުވާ ސިޓީއާއި ތަކެތި އޮފީސްތަކަށާއި ތަންތަނަށް ހަވާލުކުރުން

4- އޮފީހުގެ ބިއްލޫރިދޮރުތަކާއި ފަންކާތައް ފޮޅައި ސާފުކުރުން

5- ސެކްރެޓަރީން ފެށިގެން މަތީގެ މުވައްޒަފެއްގެ ހާޒިރުގައި އޮފީސް ހުޅުވައި ލެއްޕުން

6- އޮފީހުން ކުރާ ދަތުރުތަކުގައި ގެންދާ އިކްއިޕްމަންޓް ގެންދިޔުމަށް އެހީތެރިވެދިނުން

7- ރާއްޖޭން ބޭރަށާއި ރާއްޖެތެރެއަށް ފޮނުވަންޖެހޭ ސިޓީތައް ޕޯސްޓަށް ހަވާލުކުރުން

8- ސިވިލް ސާވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެ މަތިން ވަޒީފާ އަދާކުރުން

9- އަދި މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ މަސްއޫލިއްޔަތާ ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • ·ސުންގަޑި: 14 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

ޖަނަވަރީމަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ (  އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު )
  • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީއަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު ލިޔުންތަކަކަށް ވާންޖެހޭނެއެވެ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 ރަބީޢުލްއައްވަލް 1436

01 ޖަނަވަރީ 2015