ބީލަން
ނަންބަރު: (IUL)471-CDS3/471/2023/94
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 30 މާރިޗު 2023 10:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހިތަދޫއިން 3 ރޫމް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އައްޑޫސިޓީ ހިތަދޫއިން 3 ރޫމް އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 26 މާރޗް 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ސ.ހިތަދޫ އައްޑޫ ޕްރޮޖެކްޓް އޮފީސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 29 މާރޗް 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00  ގެކުރިން[email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހަޅާނީ 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސ.ހިތަދޫ އައްޑޫ ޕްރޮޖެކްޓް އޮފީސްގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސ.ހިތަދޫ އައްޑޫ ޕްރޮޖެކްޓް އޮފީސްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

21 މާރިޗު 2023