ބީލަން
ނަންބަރު: GS53/IUL/2023/03
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 30 މާރިޗު 2023 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަލާލުއްދީން ސްކޫލް ކުޅޭބިމުގައި ހިޔާގަނޑެއް ހެދުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މި ސްކޫލުގެ ޕީ.ޓީ.އޭގެ ފަރާތުން ސްކޫލް ކުޅޭބިމުގައި ހަދަންބޭނުންވާ "ހިޔާގަނޑު" ހަދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

     ވީމާ، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް (ދަނގަޑު ހޮޅިން މައިގަނޑު ހަދާ ފުރާޅުގައި ލައިޝާޓް ޓިނުޖަހައި) އަމިއްލަ ތަކެތީގައި މި ހިޔާގަނޑު ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2023 މާރިޗު 20 އިން 30އަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި  ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ، 2023 މާރިޗު 30 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ޖަލާލުއްދީން ސްކޫލް އޭވީ ރޫމް 01 ގައެވެ.
  • ބިޑް ހުށަހަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2023 އެޕްރީލް 05 ވާ ބުދަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމްގައެވެ.

 ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]

28 ޝަޢުބާން 1444

20 މާރިޗު 2023

20 މާރިޗު 2023