މަސައްކަތް
ނަންބަރު: 228 426-EA/IUL/2014/
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 06 ޖަނަވަރީ 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

އައްޑޫސިޓީގެ ފޭދޫއަވަށުގައި ޢިމަރާތް ކުރެވިފައިހުރި އޮފީސް ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: 426-EC/IUL/2014/214(10 ޑިސެންބަރު 2014) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށް މަޢުލޫމާތު ދެވުނުއިރު މަސައްކަތާގުޅޭ ބައެއް މަޢުލޫމާތު ދެވިފައިނުވާތީ އެމަޢުލޫމާތު ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުމަށްޓަކައި، ފޭދޫގައި ޢިމާރާތްކުރެވިފައިވާ އޮފީސް ޢިމާރާތް މަރާމާތުކުރުމުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 06 ޖަނަވަރީ 2015އަށް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، ފޭދޫ އަވަށުގައި ޢިމާރާތްކުރެވިފައިވާ އޮފީސް އިމާރާތް މަރާމާތުކުރުމުގެ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 06 ޖަނުވަރީ 2015ވާ އަންގާރަދުވަހުގެ 14:00ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ބަލައިގަތުމުގެ ސެޝަނުގައި ބައިވެރިނުވެވޭނެއެވެ.     

09 ރަބީޢުލްއައްވަލް 1436                          

31 ޑިސެންބަރު 2014