ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/35
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:01
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 އިން ފެށިގެން 27 ރަމަޟާން 1444 ގެ ނިޔަލަށް އޮފީސް ރަސްމީ ގަޑީގައި ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާނެ ވާހަކަވެސް ދަންނަވަމެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިއަހަރުވެސް ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

1444  ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

 

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12ރ (ބާރަ ރުފިޔާ)

2

ތައިލެންޑް ހުދު ހަނޑޫ

84ރ  (އަށްޑިހަ ހަތަރު ރުފިޔާ)

3

ރަތް ހަނޑޫ

99ރ (ނުވަދިހަ ނުވަ ރުފިޔާ)

4

ބާސްމަތީ ހަނޑޫ (އާދައިގެ)

84ރ  (އަށްޑިހަ ހަތަރު ރުފިޔާ)

5

ބާސްމަތީ ހަނޑޫ (މޮޅު)

100ރ (ސަތޭކަ ރުފިޔާ)

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125ރ (ސަތޭކަ ފަންސަވީސް ރުފިޔާ)

7

އާދައިގެ ފުށް

12ރ (ބާރަ ރުފިޔާ)

8

އާޓާ ފުށް

75ރ (ހަތްދިހަ ފަސް ރުފިޔާ)

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 ޝައުބާން   1444

20  މާރިޗު    2023

20 މާރިޗު 2023