ދެންނެވުން
ނަންބަރު: (IUL)308/2023/13
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:12
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާން މަހު މިސްކިތްތަކަށް ރޯދަ ވީއްލުމަށް ތަކެތި ޞަދަޤާތްކުރުމާއި ގުޅޭ!
ރޯދަ ވީއްލުމަށް މިސްކިތަށް ތަކެތި ގެންދިއުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
- ކާބޯތަކެތި އިސްރާފް ނުކުރުމާއި، މިސްކިތަށް ގެންދެވި ތަކެތި ހުސްނުވެ ހުރިނަމަ، ޢިޝާ ނަމާދުގެ ކުރިން ތަކެތި އަނބުރާ ގެންދިއުން.
- މިސްކިތުގައި ކާބޯތަކެތި ގެންގުޅޭއިރު އާއި ރޯދަ ވީއްލުމުގެ ކަންކަން ކުރަމުންދާއިރު، މިސްކިތުގެ ގޯތި ތެރެއަށް ހުސް ފުޅި އާއި ހުސް ޕެކެޓް ފަދަ ތަކެތި ނޭޅުމާއި، އެފަދަ ތަކެތި އެޅުމަށް ޚާއްޞަކޮށް ބަހައްޓާފައިވާ ޑަސްބިނަށް އެތަކެތި އެޅުން.
- ކާބޯތަކެތި އަޅައިގެން ގެންނަ ތަށި ފަދަ ތަކެއްޗަކީ އަނބުރާ ގެންދަންޖެހޭ ތަކެއްޗަށްވާނަމަ، އެތަކެތި ފާހަގަ ކުރުމަށް ގޭގެ ނަން ނުވަތަ އެބޭފުޅެއްގެ ނަން ނުވަތަ ނިޝާނެއް ޖައްސަވައިގެން ގެނައުން.
- ޖޫހާއި ފަނި ފަދަ ބުއިންތައް، ބޮޑެތި ފުޅީގައި ނުވަތަ ޖަގެއްގައި ގެންނަ ނަމަ، އެއާއެކު ޑިސްޕޯސަބަލް ތަށި ގެނައުން.
- ބަންދުކޮށްފައި ނުވަތަ ޕެކެޓް ކޮށްފައި ހުންނަ ތަކެތި ގެންނަވާނަމަ، މުއްދަތު ހަމަނުވާކަން ކަށަވަރުކުރުން.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
20 މާރިޗު 2023