ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/41
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 22 މާރިޗު 2023 10:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Yunnan Provincial Government Scholarship

ޗައިނާ

ޤައުމު:

1 ބެޗްލަރސް ޑިގްރީ         

1 މާސްޓަރސް ޑިގްރީ

1 ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ތިރީގައި ބަޔާންކޮށްފައިވާ ޔުނިވަރސިޓީތަކުން އޮފަރ ކުރާ ކޯސްތައް

ކޯހުގެ ދާއިރާ:

* ޔުނާން ޔުނިވަރސިޓީ

* ޔުނާން މިންޒު ޔުނިވަރސިޓީ

* ޔުނާން ނޯމަލް ޔުނިވަރސިޓީ

ޔުނިވަރސިޓީ:

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ.CAE/CPE  އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS  އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ.TOEFL  550 އިން ފެށިގެން މަތި.

   ރ. ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

4. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

މާސްޓަރސް ޑިގްރީ

1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

ޕީ.އެޗް.ޑީ

1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

2. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4.ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

5.އެޔުނިވަރސިޓީއެއްގެ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެފޯމާއިއެކު ހުށަހަޅަން ޔުނިވަރސިޓީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު/ލިޔުންތަކުގެ ކޮޕީ.

7.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން

8.މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

9.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

-މިސްކޮލަރޝިޕްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނެ ޔުނިވަރސިޓީތަކުގެ ތެރެއިން ޔުނާން ޔުނިވަރސިޓީގެ މައުލޫމާތާއި އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލު ހިމެނޭ މައުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓް  www.mohe.gov.mv  އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. ޔުނާން މިންޒު ޔުނިވަރސިޓީ އާއި ޔުނާން ނޯމަލް ޔުނިވަރސިޓީގެ މަޢުލޫމާތު އެޔުނިވަރސިޓީތަކުގެ ވެބްސައިޓްއިން ލިބޭނެއެވެ.  

-މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝޫރެންސް އަދި ލިވިންގ އެލަވަންސް،  ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ. ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ.  

*ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

*އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 22 މާރޗު 2023 ވާ ބުދަ ދުވަހު 10:30 ގެ ކުރިން

* ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. އެހެންކަމުން، މި އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވޭ ސުންގަޑި ކުރު ކުރަން ޖެހުނީއެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

20 މާރިޗު 2023