ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)269/2014/109
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 08 ޖަނަވަރީ 2015 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

         މި އިދާރާގެ މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މަސައްކަތު

 މަޤާމުގެ ނަންބަރު: 218211

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު  3,100.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 1,000.00 ރުފިޔާ

އޮފީސް: ވައިކަރަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން: ވައިކަރަދޫގައި ހުރި މިސްކިތްތައް

ރޭންކް: އެސް. އެސް 1 (ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރު ހުރި މިންވަރު.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތު:

  1. މިސްކިތް ފޮޅައި ސާފުކުރުމާއި، މިސްކިތާއި މިސްކިތާ ގުޅިފައިވާ ތަންތަނާއި މިސްކިތުގެ ގޯތިހިމެނޭ ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  2. މީގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އަދި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ހަވާލުވެ ހުންނަ ވެރިޔަކު އަންގާ ކަންކަން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ  ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސަނަދުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.)

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު

ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން  

ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

ސުންގަޑި:

2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ކައުންސިލްގެ އިދާރާއަށް.

އިންޓަރވިޔުކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނަށް މުއްދަތު ހަވަމާވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ. އިންޓަރވިއުއަށް ނުހޮވޭ ފަރާތްތަކަށްވެސް އިންޓަރވިއުއަށް ނުހޮވުނު ސަބަބު ބަޔާންކޮށް، މަތީގައި ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި އެންގޭނެއެވެ. އަދި އިންޓަރވިއުއަށް ހޮވުނު ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520046 ނަންބަރު ފޯނަށެވެ. އީމެއިލްކުރާނީ  [email protected]  އަށެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

          7 ރަބީޢުލްއައްޥަލް 1436

29 ޑިސެންބަރު 2014