ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-ADM-286-2023-34
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:09
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީކާޑު ހެއްދުމުގެ ޚިދުމަތަށް ބަދަލުއައުމާއި ގުޅޭ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ފުޅާކޮށް އަވަސްކަމާއެކު ރައްޔިތުންނާއި ވީހާވެސްގާތުން ފޯރުކޮށްދިނުމަށްޓަކައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން އޮންލައިން ޕޯޓަލްއެއް ޤާއިމް ކޮށްފައިވާތީ، ކަރުދާހުގައި ފޯމް ހުށަހަޅައިގެން ކާޑު ހެއްދުމަށް މިއިދާރާއިން ދެމުންއައި  ޚިދުމަތްދިނުން މިހާރު ހުއްޓާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 ނަމަވެސް އިނގިލީގެ ނިޝާން އަދި ސޮއި ނަގަންޖެހޭ ޙާލަތްތަކުގައި، އަދި އެއްވެސް ފަރާތަކުން ޕޯޓަލް މެދުވެރިކޮށް ކާޑުހެއްދުމަށް ދަތިވާ ޙާލަތްތަކުގައި އެކަންކަމަށް އެހީތެރިކަން ބޭނުންވާނަމަ، އެކަންކަމަށް މިއިދާރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައި ދެންނެވީމެވެ.

 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޕޯޓަލް  https://online.dnr.gov.mv/ އަށް ލޮގިންވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅުއްވޭނެއެވެ. މުޅިން އަލަށް ޕޯޓަލް ބޭނުންކުރާނަމަ ރަޖިސްޓްރީވާން ޖެހޭނެއެވެ.

 މި ޕޯޓަލްއިން ކޮންމެ ދިވެހިރައްޔިތަކަށްވެސް އެމީހަކު ހުރި ކޮންމެތާކުން ކާޑު ހެއްދުމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި އެމީހެއްގެ ކާޑު ހެއްދުމަށް ހުށަހެޅުމުގެ އިތުރުން އެމީހެއްގެ ބެލެނިވެރިކަމުގައިވާ ފަރާތްތަކުގެ ކާޑު ހެއްދުމަށްވެސް ހުށަހެޅޭނެއެވެ. ކާޑު ހައްދަން ހުށަހަޅާއިރު ކާޑު ނަގަން ބޭނުންވެލައްވާ ރަށެއް ޕޯޓަލް އިން ސެލެކްޓް ކުރެވޭނެއެވެ. އަދި މީގެ އިތުރުން ކާޑުގެ ސްޓޭޓަސް ޕޯޓަލްއިން ބަލައިލެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20  މާރިޗު    2023

20 މާރިޗު 2023