ބީލަން
ނަންބަރު: GS123/RENO/IUL/2023/03
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 03 އޭޕްރިލް 2023 10:30
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
3 ކްލާސްރޫމުގެ ކުދި ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ، ދިވެހިރާއްޖެ                       ނަމްބަރ: GS123/RENO/IUL/2023/03

ބީލަން ހުށަހެޅުމުގެ ދަޢުވަތު                                                                                                                                                   

މިސްކޫލުގެ މިދަންނަވާ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  1. 3 ކްލާސްރޫމުގެ ކުދި ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުން

 

މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ،  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މާރިޗް 20 އިން 2023 މާރިޗް 27 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:00 އަށް މިސްކޫލުގެ އިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.
  • މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 28 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  • މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 މާރިޗް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑު ބަލައިނުގަނެވޭނެއެވެ.
  • ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 3 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އިދާރާގައެވެ.
  • ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

އިދާރީ އޮފީސް

އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ

ފޯނު ނަމްބަރ: 6580359

އީމެއިލް އެޑްރެސް: [email protected]

 

        މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.    

28 ޝަޢުބާން 1444

20 މާރިޗު 2023

                                            

20 މާރިޗު 2023