ދިވެހިރާއްޖެ
| 
 އިޢުލާނު 
  | 
|
| 
 މަޤާމު:  | 
 ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-368743  | 
| 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކު:  | 
 އެމް.އެސް.3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް  | 
| 
 މުސާރަ:  | 
 -/7035 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)  | 
| 
 ސަރވިސް އެލަވަންސް:  | 
 -/2000 ރުފިޔާ (ދެހާސް ރުފިޔާ)  | 
| 
 އެހެނިހެން އެލަވަންސް:  | 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ގަވާއިދާއި މަސައްކަތު ފެންވަރުބެލުމުގެ އުސޫލުތަކާ އެއްގޮތަށް ރާވާ ހިންގުން އަދި ހޮސްޕިޓަލުގެ ޕަރފޯމަންސް އެޕްރެއިޒަލް ނިޒާމް ހިންގައި އެ މަސައްކަތް ވިލަރެސް ކުރުން 2- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި ޓްރެއިނިންގތަކުގެ ފުރުޞަތު ހޯދާދިނުމަށް މަސައްކަތްކުރުމާއި ޓެރެއިނިންގ ވޯކްޝޮޕް ، ސެމިނާރތަކުގެ ރެކޯރޑް ބެލެހެއްޓުން. 3- އަލަށް ވަޒީފާއާ ގުޅޭ ބިދޭސީ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވަޒީފާ އާ ގުޅޭތާ 2 މަސްދުވަހުގެ ތެރޭގައި ހިންގައި އެ މަސައްކަތް ވިލަރެސް ކުރުން. 4- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި ޓްރެއިނިންގތަކުގެ ފުރުޞަތު ހޯދާދިނުމަށް މަސައްކަތްކުރުމާއި ޓެރެއިނިންގ ވޯކްޝޮޕް ، ސެމިނާރތަކުގެ ރެކޯރޑް ބެލެހެއްޓުން. 5- " ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ ހިއުމަންރިސޯސް ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލާ، ހިއުމަންރިސޯސަސް އާއި ގުޅުންހުރި އެސް އޯ ޕީ ތައް ތައްޔާރުކޮށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް ރާވާ ހިންގައި ވިލަރެސްކުރުން" 6- އަލަށް ރިކްރޫޓްކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސް ކޮމިޝަނުން ހިންގާ އޮރިއެންޓޭޝަން އަދި ހޮސްޕިޓަލުގައި ހިންގާ އޮރިއެންޓޭޝަން ގަވާއިދުން ހިންގުމުގެ އެންމެހާ ކަންކަން ރާވާ އެ މަސައްކަތް ވިލަރެސްކުރުން 7- ހޮސްޕިޓަލުގެ މުވައްޒަފުންގެ ޓްރެއިނިންގ ރިކުއަމެންޓް ކޮންމެ އަހަރަކު 1 ފަހަރު ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތާއި އެއްގޮތަށް ތައްޔާރުކުރުން. 8- ތަމްރީނުތަކަށް ފޮނުވަންޖެހޭ މުވައްޒަފުން ވީއްލުމާއި، އެ ކަމާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖެއްސުން 9- ހޮސްޕިޓަލުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތި ކުރުމަށްޓަކައި ހޮސްޕިޓަލްތެރޭގައި ހިންގާ ތަމްރީންތަކާއި، ހޮސްޕިޓަލަށް ލިބޭ ތަމްރީނު ފުރުސަތުތައް ހިންގުމަށް ހަމަޖައްސަންޖެހޭ ކަންތައްތަކުގައި ޓްރެއިނިންގ ކޮމިޓީ އާއި ގުޅިގެން މަސައްކަތް ކުރުން 10- ޓްރެއިނިންގ، ވޯކްޝޮޕް، ސެމިނަރ، ކޮންފަރެންސް ފަދަ ކަންކަމުގައި ދިއުމަށް ވީއްލާ މުވައްޒަފުންގެ ރެކޯޑްސް އެޗް.އާރް އިންފޮމޭޝަންސް ސިސްޓަމަށް އެންޓަރކުރުމާއި ތަމްރީނުތަކުގެ ރިކޯޑްސް ބެލެހެއްޓުން 11- ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި، ތަމްރީންތައް ދެނެގަތުމަށް ބޭނުންވާ އެނަލިސިސް ހެދުމާއި، ޓްރޭނިންގ ރިކުއާރމަންޓް އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، ރިވިއުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޓްރެއިނިންގ ކޮމިޓީ އާއި ގުޅިގެން ކުރުން 12- ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގާ ވިލަރެސްކުރުން. 13- ސެކްޝަނަށް ލިބޭ ސިޓީ އާއި ލިޔެކިޔުންތަކާއި އެންމެހައި އެންޓްރީތައް ބަލައިގަތުމާއި، ފޯން ކޯލްތަކަށް ޖަވާބުދިނުމާއި ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، އަހަރީ ރިޕޯޓަށް އެޗް.އާރ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ފޮނުވުމާއި ބެލެހެއްޓުން. 14- ކޮންމެ އަހަރެއްގެ ޓްރެއިނިންގ ބަޖެޓް ހެދުމަށް ބޭނުންވާ މައުލޫމާތުތައް ހޯދައި ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ޔުނިޓަށް ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލުކުރުން. 15- ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 
 
 ނުވަތަ 
 
 
  | 
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް ބިޒްނަސް އެޑްމިނިސްޓްރޭޝަން ބިޒްނަސް މެނޭޖްމަންޓް ހިޔުމަން ރިސޯސް މެނޭޖްމަންޓް (Core) ޕަބްލިކް އެޑްމިނިސްޓްރޭޝަން  | 
|
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް ހިއުމަން ރިސޯސް  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) މަސައްކަތަށް ބޭނުންވާ ލައިސަންސް 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލު އިދާރީ އޮފީސް (ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  | 
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
  | 
| 
 އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 29 މާރިޗު 2023 އާއި 29 އެޕްރީލް 2023 އާއި ދެމެދު، މި ހޮސްޕިޓަލު މީޓިންގ ރޫމްގައެވެ. 
  | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  | 
|