މަސައްކަތް
                	
                ނަންބަރު: (IUL)KRH/PLD/2023/35
                    ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2023
                    ޕަބްލިޝްކުރި ގަޑި:  15:34
                                            ސުންގަޑި: 
                            30 މާރިޗު 2023 13:00
                        
                    
                ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ ޕޯޓިކޯ އަދި މަރުކަޒުގެ އިމާރާތަށް އަލަށް އިތުރުކުރެވޭ ބައި ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިޔު ތައްޔާރުކުރުން.
                                މި އިޢުލާނަކީ ހދ ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ އިމާރާތަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން މަރުކަޒުގެ ޕޯޓީކޯ އަދި އިމާރާތަށް އަލަށް އިތުރުކުރެވޭ ބައި ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި މައްސަކަތް ކުރުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
 - މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 19 މާރިޗު 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކޮށް [email protected] މެއިލް އަށް ކޮޕީކުރުމަށް ދަންނަވަމެވެ.
 - ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
 - މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ނަމަ 19 މާރިޗު 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 02 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
 - މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
 - ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
 
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 04 އެޕްރީލް 2023 (އަންގާރަ)
 - ގަޑި: 11:00 ގައި
 
                19 މާރިޗު 2023