ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)201-A/1/2023/9
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 27 މާރިޗު 2023 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

   
   

އެގްޒާމް އިންވިޖިލޭޓަރ

 

މި އޮތޯރިޓީގެ ފަރާތުން މާލޭގައި ހިންގާ އިމްތިހާނުތައް ސުޕަވައިޒްކުރުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

މަގާމް:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

03

ވަޒީފާގެ ބާވަތް:

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް

އުޖޫރަ ދެވޭނެގޮތް:

އިންވިޖިލޭޓްކުރާ ކޮންމެ އިމްތިހާން ސެޝަނަކަށް -/300 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1-      ދިވެހި ރައްޔިތަކަށްވުން

2-      އުމުރުން 18 އަހަރު ފުރިފައިވުން

3-      އޯ ލެވަލް އިނގިރޭސިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

 

ނޯޓް: އިންވިޖިލޭޓަރުން ހޮވުމުގައި ކުރިން އިންވިޖިލޭޓްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިހާން ބޭއްވުމަށް އިމްތިހާން ޓައިމްޓޭބަލްގައި ޝެޑިއުލް ކުރެވިފައިވާ ގޮތުގެ މަތިން ބޭއްވޭ ގަޑިތައް

މަސްޢޫލިއްޔަތު:

އިމްތިޙާން އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލު ބެލެހެއްޓުމާއި މިނޫންވެސް ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މިއޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޙާއި ތަން :

27 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

1-      އިންވިޖިލޭޓަރކަން ކުރެއްވުމަށް އެދި ހުށަހަޅާ ސިޓީ

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

5-      ކުރިން އިންވިޖިލޭޓް ކޮށްފައިވާ ފަރާތެއްނަމަ، އިންވިޖިލޭޓްކޮށްފައިވާކަން އެނގޭނެ ލިޔުން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ ފޯން ނަންބަރު  3027202 އަށް ގުޅުއްވުން އެދެމެވެ. 

 

19 މާރިޗް 2023

 

19 މާރިޗު 2023