ދިވެހިރާއްޖެ
Reg. No. 141-NSA/CERT/2017/06
ނަމްބަރ:CBM/2023/006
2023 ޖަލްސާ އާންމު އަހަރީ ފަސްކުރުމާއި ގުޅޭގޮތުން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ވަނީ 6 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހަށް ލަސްކުރެވިފައިވާކަން އިޢުލާން ކުރަމެވެ.
އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި 2023 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ.
އޭޖީއެމް ބޭއްވޭނޭ ތާރިހް:- 6 އޭޕަރީލް 2023
ގަޑި:- 16:00
ތަން:- ސޯޝަލް ސެންޓަރ/ ސެމިނާރ ޜޫމް
- އާންމު ޖަލްސާގެ އެޖެންޑާ
- ތައާރަފް
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
- 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
- 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
- 2023 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން.
- މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް.
https://www.gazette.gov.mv/iulaan/230129
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 7756665 ނަންބަރާއި ގުޅުއްވުން އެދެމެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މާލެ ސްޕޯޓްސް ކޮމްޕްލެކްސް
ފޯން: 3325503