ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2023/30
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 19 އޭޕްރިލް 2023 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަސީބު 2" ނަމަކަށްކިޔާ ދޯންޏާއި ގުޅޭ

އިޢުލާން

"ނަސީބު 2" ނަމަކަށްކިޔާ ދޯންޏާއި ގުޅޭ

މިރަށު އިރުމަތީ ބަނދަރު ގައި އޮތް ރަޖިސްޓްރީ ނަންބަރު P9783A-01 02-0 ( ނަސީބު 2 ) ނަމަކަށް ކިޔާ ދޯނި އޮތް ސަރަޙައްދަކީ އޮޑިދޯނިފަހަރު އެހެލާ ބާލާ މަރާމާތުކުރުމަށް ބޭނުންކުރާ ސަރަޙައްދަކަށްވާތީ އެސަރަޙައްދުގައި ގިނަ ދުވަސްތަކެއްވަންދެން އެދޯނި މަރާމާތު ކުރުމެއްނެތި އޮވެ ފީވެ ހަލާކުވަމުންދާތީ އާއި ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާތީ، އެ ދޯނި ވީހާވެސް އަވަހަކަށް އެސަރަޙައްދުން ނެގުމަށް ބޭނުންވެއެވެ.  

ވީމާ، މިދޯނި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދޯނީގެ ވެރިފަރާތުން ނެންގެވުމަށް އެދެމެވެ. މި މުއްދަތުގެ ތެރޭގައި ދޯނީގެ ވެރިފަރާތުން ދޯނި ނުނަގައިފިނަމަ ، ވެރިފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި، މިފަދަ ތަކެތި ކައުންސިލުން ނައްތާލެވޭ އުޞޫލުގެ ދަށުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ޝައުބާން 1444

19 މާރިޗު 2023