ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2023/8
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 20 މާރިޗު 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހުގައި ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާގުޅޭ

އިޢުލާނު

 

1444 ވަނަ އަހަރުގެ ރަމަޟާންމަހުގައި ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާގުޅޭ:

 

       1444 ވަނަ އަހަރުގެ ރަމަޟާންމަހަށް  ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތަކަށް އެހީތެރިވެދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ބޭނުންވާ ކަންތައްތައް ތިރީގައި އެވަނީއެވެ.

 

#

ތަފްސީލް

1

ތަރާވީޙް ނަމާދު ކުރާ ހާފިޒް ހުރުމުގެ އިންތިޒާމް (އޭސީ ކޮޓަރީ)

2

ތަރާވީޙް ނަމާދު ކުރާ ހާފިޒް ކެއުމުގެ އިންތިޒާމް

 

            ވީމާ، މަތީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަސައްކަތް ކޮށްދިނުން، ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ  4000012 ނަމްބަރަށް ގުޅުއްވައިގެން ނުވަތަ  [email protected]     އަށް  މެއިލްކުރައްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. ފުރަތަމަ ހުށަހަޅާ ފަރާތަކަށް ފުރަތަމަ ފުރުޞަތު ދެވޭނެވާހަކަ ދަންނަވަމެވެ. މިފުރުޞަތުގައި މިފަދަ ކަންކަމަށް އެންމެހާ ފަރާތްތަކުން ދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.        

 

           

                              27  ޝައުބާން   1444

19 މާރިޗު 2023