މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) / (އެކަޑެމިކް އެފެއަރޒް)
|
ބޭނުންވާ ޢަދަދު: 1
|
މުއްދަތު:
|
2 އަހަރު ދުވަހަށް
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
ނޯޓު:
|
މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17) ގައިވާ ޝަރުތު ފުރިހަމަވުމުންނެވެ (ޑިޕްލޮމާ، ޑިގްރީ ނުވަތަ މާސްޓަރ ލެވެލްގެ ސެޓްފިކެޓު ހުށަހެޅިކަމުގައި ވިޔަސް އެ ސެޓްފިކެޓުތަކަށް މާކްސް ދެވޭނީ ADG4/17 ގައިވާ 3 ޝަރުތުން ކުރެ ޝަރުތެއް ފުރިހަމަވުމަށްފަހު އެޝަރުތުގައި ބަޔާން ކުރާ ސެޓްފިކެޓު ހުށަހެޅުމުންނެވެ).
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
ADG4/17
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން
ނުވަތަ:
2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
5,778.10 ރުފިޔާ
|
2476.33 ރުފިޔާ
|
ADG4/18
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
5,956.80 ރުފިޔާ
|
2,552.92 ރުފިޔާ
|
ADG4/19
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,141.04 ރުފިޔާ
|
2,631.87 ރުފިޔާ
|
ADG4/20
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
|
6,330.97 ރުފިޔާ
|
2,713.27 ރުފިޔާ
|
ADG4/21
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ނުވަތަ
|
6,526.77 ރުފިޔާ
|
2,797.19 ރުފިޔާ
|
ADG4/22
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,728.62 ރުފިޔާ
|
2,883.70 ރުފިޔާ
|
ADG4/23
|
1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
6,936.73
|
2,972.88
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޔުނިވަރސިޓީގެ ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ތަޚައްޞުޞުތަކާ ގުޅޭ ބައިތަކަށް ލިބޭ ސިޓީތަކާއި އެނޫންވެސް ލިޔުންތައް ބަލައިގަނެ، އެކަޑެމިކް އެފެއަރޒް ގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ރައްދުކޮށްދިނުމާއި މި ލިޔުންތައް އިންތިޒާމީ ގޮތެއްގައި ރައްކާ ކުރުން.
- ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) އެކި އެކި ފަރާތްތަކާއި އެކު ބާއްވަން ހަމަޖައްސާ ބައްދަލުވުންތައް ރާވައި ކުރިއަށް ގެންދިއުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ރެކޯޑު ބެލެހެއްޓުން.
- ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ރިޔާސަތު ބަލަހައްޓާ އެކި އެކި ކޮމެޓީތަކުގެ ޖަލްސާތައް ރާވައި ކުރިއަށް ގެންދިއުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ރެކޯޑު ބެލެހެއްޓުން
- ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ތަޚައްޞުޞް ގެ ތެރޭ ހިމެނޭ އެކިއެކި ޔުނިޓުތަކާއި ސެކްޝަންތަކުގެ ސެކްރެޓޭރިއަލް މަސައްކަތްތަކަށް އެޑްމިނިސްޓްރޭޓިވް އޮފިސަރުން ނެތިދާ ހާލަތްތަކުގައި އެތަންތަނުގެ މަސައްކަތްތައް ކުރުން.
- ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ރަސްމީ ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ފައިލްކުރުން.
- ތާވަލު ކުރެވިފައިވާ ނުވަތަ ހަމަޖެހިފައިވާ ގޮތެއްގެ މަތިން، ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ތަޚައްޞުޞުތަކާ ގުޅުންހުރި އޮފީސް ރޫމް ތައް ހުޅުވައި ލެއްޕުން.
- ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ތަޚައްޞުޞުތަކާ ގުޅުންހުރި އެކިއެކި ހަރާކާތްތައް ރާވައި ކުރިއަށް ގެންދިއުމާއި މި ހަރަކާތްތަކާ ގުޅޭ މަޢުލޫމާތުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ގުޅުން ހުރި ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން މީޑިއާ އަށް ހިއްސާ ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ޔުނިވަރސިޓީގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ގައި ހިމެނޭ ބައިތަކުގެ ތެރެއިން ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ ތަޚައްޞުޞުތަކާ ގުޅޭ ބައިތައް އަޕްޑޭޓް ކުރުމުގައި އެހީތެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޗާންސެލަރ ބިއުރޯ އާއި ޑެޕިއުޓީ ވައިސް ޗާންސެލަރުން ގެ ތަޚައްޞުޞް ގެ ތެރޭ ހިމެނޭ އެހެނިހެން ކަންކަމުގެ ތެރެއިން ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ އިޒުނައާ އެކު އެވަގުތަކު ހަވާލު ކުރެވޭ ސެކްރެޓޭރިއަލް މަސައްކަތްތައް ކުރުން.
- މުޅި ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާއި ޔުނިވަރސިޓީން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތްތަކާ ގުޅޭގޮތުން ޑީ.ވީ.ސީ. (އެކަޑެމިކް އެފެއަރޒް) ގެ އިޒުނައާ އެކު އެވަގުތަކު ހަވާލުކުރެވޭ ސެކްރެޓޭރިއަލް މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
https://jobs.ium.edu.mv/
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 27 މާރިޗު 2023 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 28 މާރިޗު 2023 އިން 28 އެޕްރީލް 2023 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|