ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2023/15
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 28 މާރިޗު 2023 11:30
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް 03 ޓީވީ އަދި އެއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު:  485/1/2023/15(IUL)

ތަޢާރަފް   

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް 03 ޓީވީ އަދި އެއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.

މިސުވާލުތަކަށް 27 މާރިޗް 2023 ވާ ހޯމަ ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ 11:30 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

16 މާރިޗު 2023