ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2023/27
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 26 މާރިޗު 2023 11:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީގައި ބޭނުންކުރާ OKI ބްރޭންޑްގެ ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ ކާޓްރީޖް/ޑްރަމް ޔުނިޓުގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް މި އޮތޯރިޓީއިން ކުރާ އޯޑަރުތަކަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

22 މާރިޗު 2023

ބުދަ

14:00

އަންދާސީހިސާބު ހުށަހެޅުން

26 މާރިޗު 2023

އާދިއްތަ

11:00

 

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • އިޢުލާނު ނަންބަރު
  • ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
  • ފޯނު ނަންބަރު
  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުމުން ނުވަތަ ރަޖިސްޓްރޭޝަން އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected]  މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ މަޢުލޫމާތު ނުވަތަ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2023 މާރިޗު 22 ވާ ބުދަ ދުވަހު 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  4. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.

16 މާރިޗު 2023