ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2014/0018
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 11 ޖަނަވަރީ 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް

މަޤާމު:

ސެކިއުރިޓީ ގާރޑް

ބޭނުންވާ ޢަދަދު:

5

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް / ސ.ގަން

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް (މަދުވެގެން ހަފްތާއަކު 48ގަޑި) ޝިފްޓް ޑިއުޓީ

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.
  • މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ޑިއުޓީކުރަން ފެށުމުގެ ކުރިން ޢިމާރާތްތަކުގެ ދޮރުތައް ތަޅުލާފައިވޭތޯ ބަލައި ޗެކުކުރުމާއި، އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ޗެކުކުރުން.
  • ޑިއުޓީ ކުރަންޖެހޭ ބުލޮކެއްގެ އިމާރާތާއި ގޯތިތެރެއާއި އެސަރަޙައްދުގައިވާ ތަކެތި ބެލެހެއްޓުން.
  • ޢިމާރާތާއި ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ނުވަތަ ބަޔަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ، އެކަމުން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  • ތަނުގައި ދިމާވާ މައްސަލަތައް ގަވާއިދުން ހިނދުން ހިނދަށް ކަމާބެހޭ ވެރިންނަށް ރިޕޯޓުކުރުން.
  • އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓުން ބަލަހައްޓަމުންދާ ޢިމާރާތްތަކާއި ތަންތަން ބެލެހެއްޓުން

 ހުށަހަޅަންޖެހޭ ލިއުންތައް

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

ސުންގަޑި:

11 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ  16:00ގެ ކުރިން

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ލިއުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް

ބިލްޑިންގ ނަންބަރު 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯނު: 6898010

އީމެއިލް:[email protected]             

31 ޑިސެންބަރު 2014