މަސައްކަތް
ނަންބަރު: 60-ADM/2023/106
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 06 އެޕްރީލް 2023 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހެޑް އޮފީސް ބިލްޑިންގް މަތިން ތިރިއަށް ދޮވެ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހެޑް އޮފީސް ބިލްޑިންގް މަތިން ތިރިއަށް ބިއްލޫރިތަކާއި ޕެނަލްތަކާއި، ބެލްކަނިތަކާއި ޗެންޗޭނުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  1. 1.  މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ
  1. 2.  މަސައްކަތުގެ ބާވަތް: ޢިމާރާތް މަތިން ތިރިއަށް ބިއްލޫރި ތަކާއި ޕެނަލް ތައް، ބެލްކަނި އަދި ޗެންޗޭނު ދޮވެ ސާފުކުރުން
  1. 3.  ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:  

3.1 ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފަރާތަކީ ފާއިތުވި) 5 ފަހެއް) އަހަރު ދުވަހުގެ ތެރޭގައި، މި ބާވަތުގެ، މަދުވެގެން 3 މަސައްކަތް (އިމާރާތް ދޮވެ ސާފުކުރުން)، ކޮށްފައިވާ، ތަޖުރިބާހުރި ފަރާތަކަށްވުން.

3.2 ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮޒިޓިވް ރެފަރެންސް) ހުށަހަޅުމުންނެވެ.

3.3 ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިރުމަންޓްސް ހުށަހަޅަންވާނެއެވެ. ހުށަހަޅާފައިވާ ސިޓީއާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލް އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ، އެ ސިޓީ ބަލައިނުގަތުމުގެ އިޙްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

3.4 ރެފަރެންސް ސިޓީ ގޮތުގައި ބަލައިގަނެވޭނީ ކުންފުނި/ސަރުކާރު އޮފީސްތައް/އިންސްޓިޓިއުޝަންސް/ކޮމިޝަންސް...، އިން ދީފައިވާ ރިފަރެންސް ސިޓީ ތަކެވެ.) އަދި އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ރިފަރެންސް ސިޓީ ބަލައިނުގަނެވޭނެއެވެ.

  1. 4.  ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:

4.1  ކުރިން ކޮށްފައިވާ މި ބާވަތުގެ މަސައްކަތުގެ ރިފަރެންސް ސިޓީ (3.1 ގައިވާ ގޮތަށް)

  1. 5. ރަޖިސްޓަރީ ކުރުން:

5.1 ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 26 މާރޗް 2023 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

     އީމެއިލް އެޑްރެސް: [email protected]

  1. 6.  ބީލަންކަރުދާސް ދޫކުރުން:

6.1  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް، 27 މާރޗް 2023 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެ އަދި ބީލަން ކަރުދާސް ފޮނުވޭނީ މަތީގައި ބަޔާން ކުރެވިފައިވާ ބީލަމުގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ.

  1. 7. މައުލޫމާތު ދިނުން:

7.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 29 މާރޗް 2023 ވަނަ ދުވަހު 1000 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

  1. 8.  ސުވާލާއި ޖަވާބު: 

8.1 ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 02 އޭޕްރިލް 2023 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 02 އޭޕްރިލް 2023 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

  1. 9.  ބީލަންކަރުދާސް:

9.1 ބީލަންކަރުދާސް ހުށަހަޅަންވާނީ 06 އޭޕްރިލް 2023 ވަނަ ދުވަހު 1100،[email protected]  އީމެއިލް އެޑްރެސް އަށެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ފޮނުވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3344167

އީމެއިލް: [email protected]      

 

16 މާރިޗު 2023