ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)164-PRO/1/2023/27
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 09 އޭޕްރިލް 2023 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބޭނުންވާ އެސް.ޑީ ވޭން (SD-WAN) ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލުން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބޭނުންވާ އެސް.ޑީ ވޭން  (SD-WAN) ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ)  ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2023 އެޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2023 އޭޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 10:10ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2023 މާރިޗް 20 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑިހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 2023 މާރިޗު 26 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ.

އީމެއިލް އެޑްރެސް:[email protected]

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

16 މާރިޗު 2023